އައިލެންޑް އޭވިއޭޝަނުން މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އަށް އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ގަވައިދު ކުންފުނީގެ ވެބްސައިޓުން އިއްޔެއިން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
މި މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި އައިލެންޑް އޭވިއޭޝަނުން ބާއްވާ މުބާރާތެއްް ކަމަށް އެ ކުންފުނީން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 31 މާޗް 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30އެވެ. ފޯނު ބަލައިގަންނާނީ ކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީހުގެ ރިސެޕްޝަނުންނެވެ.