ޕީއެސްއެމް

ޕީއެސްއެމް އަށް ފުލުހުން ވަދެއްޖެ، ތަހުގީގުކުރަނީ 2018ގެ ވީޑިއޯތަކެއްގެ މައްސަލަ

ޕީއެސްއެމް އަށް ފުލުހުން ވަދެއްޖެ އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްއަށް ވަދެފައި ވަނީ ފުލުހުންގެ ފޮރެންސިކް ޓީމެކެވެ. އަދި އެ ޓީމު ހަރަކާތްތެރިވަމުން އަންނަނީ ޕީއެސްއެމްގެ ޓީވީއެމް ހިންގާ އިމާރާތަށެވެ. އަދި ފޮރެންސިކް ޓީމު މި ވަގުތު ހަރަކާތެރިވަމުން އަންނަނީ ޓީވީއެމްގެ ނިއުސްރޫމްގައި ކަމަށް ވެސް އެނގިފައިވެ އެވެ.

ފޮރެންސިކް ޓީމް ނިއުސްރޫމުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އެތަނަށް ޕީއެސްއެމްގެ އެއްވެސް މުވައްޒަފަކު މި ވަގުތު ވަނުން ވަނީ މަނާކޮށްފަ އެވެ.

ޓީވީއެމްގެ ނިއުސްރޫމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ނިއުސްރޫމް އެވެ. އަދި ޓީވީއެމްގެ ވީޑިއޯ އާކައިވް އަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި ވީޑިއޯ އާކައިވް އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ތަހުގީގު ކުރަނީ ޓީވީއެމްގެ ނިއުސްރޫމުން ވީޑިއޯ ތަކެއް ގެއްލިގެން އުޅޭ ކަމަށް ބުނާ މައްސަލަ އެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ގެއްލިގެން އުޅެނީ، ނުވަތަ ޑިލީޓް ވެގެން އުޅެނީ ނިއުސް ރޫމުގެ ސާވާއެއްގައި ހުރި 2018 ވަނަ އަހަރުގެ އިވެންޓް ތަކެއްގެ ވީޑިއޯ ތަކެކެވެ.