ޝެއިޚް އިމްރާން

މީޑިއާ ކައުންސިލުގެ ބޭފުޅުުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށެވެ.

މިނިސްޓަރު އިމްރާން މިއަދު މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރެއްވި އިރު، މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ ވެސް ބައްދަލުކުރައްވާފައެވެ.

އަދި މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަދު އެމިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ވެއެވެ. އަދި އެމިނިސްޓްރީގެ އިސްވެރިންނާ ވެސް މިނިސްޓަރު ބައްދަލުކުރައްވާފައި ވެއެވެ.