ފިލްމު މޭކަރު ކަރަން ޖޯހަރު މިވަގުތު ދަނީ ފިލްމު ތަޚްތުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތުގައި އަވަދިނެތިއެވެ.
ތަޚްތު ރިލީސްކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ކަރަން މިވަނީ އޭނާ ދެން ހަދާނެ ފިލްމު އިއުލާންކޮށްފައެވެ. ފިލްމަކީ ތުރިލާއެކެވެ. އިންޑިއާގެ ސްޕައިމާސްޓަރެއް ކަމަށްވާ ރަމޭޝްވަރު ނާތު ކާއޯގެ ދިރިއުޅުމުގެ ނޭނގޭ ވާހަކަތަކުގެ މައްޗަށް ހަދާ އެ ފިލްމަށް ކިޔާ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމު އިއުލާންކޮށްފައިވަނީ ކަރަންގެ ޓުވިޓަރުގައެވެ.
ފިލްމާ ގުޅޭ މާބޮޑު އިތުރު މައުލޫމާތެއް އަދި ކަރަން ހާމަކޮށްފައެއް ނުވެއެވެ.
ކާއޯ އަކީ އިންޑިއާގެ އިންޓަލިޖެންސް އޭޖެންސީވެސް އުފެއްދި ސްޕައި މީހާއެވެ.