އެސްޓީއޯގެ 2020ގެ ކަލަންޑަރާއެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ދޭ ހާއްސަ ގޭމެއް އެ ކުންފުނިން ފަށައިފިއެވެ.
އެ ކުންފުންޏާ އާންމުންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ގޭމު ހާއްސަކޮށްފައިވަނީ ކޮންމެ މަހަކުވެސް ފާހަގަ ކުރާ ހާއްސަ ދުވަސް ތަކަށެވެ.
އެގޮތުން އެސްޓީއޯގެ 2020 ކަލަންޑަރުގައި މިއަހަރުގެ ބައިނަލްއަގުވާމީ ހާއްސަ ދުވަސްތައް އެނގެން ހުންނަ އިރު، މި ގޭމް ކުރިއަށްދާނީ ކޮންމެ މަހެއްގައިވެސް އިންނަ އެ ހާއްސަ ދުވަހާ ގުޅިގެން، ކަލަންޑަރުގައިވާ ކޯޑު ބޭނުންކޮށްގެން ބަސް ހަދައިގެންނެވެ. އިނގިރޭސި އަކުރު ބޭނުންކޮށްގެން ބަސް ހެދުމަށްފަހު އެސްޓީއޯގެ ވެބްސައިޓުގައި މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.
އެސްޓީއޯ އިން މިއަހަރު ހާއްސަ ގިވްއަވޭ އެއްގެ ގޮތުގައި ދިހަ ފަރާތަކަށް މި ކަލަންޑަރު ދިނުމަށް ނިންމައި އެކަން ސޯޝަލް މީޑިއާއިން އާންމުކޮށްފައިވެއެވެ. އެގޮތުން އެސްޓީއޯގެ ޓުވީޓަށް ރިޕްލައި ކޮށްގެން މި ގިވްއަވޭގައި ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ކަލަންޑަރު ގޭމުގައި ބައިވެރިވާ ފަރާތްތަކުން ކަލަންޑަރުގައި އިންނަ ބަސް ދިމާ ކުރަން ޖެހެނީ ކޮންމެ މަހެއްގެ ދިހައެއްގެ ކުރިންނެވެ. މި ބަސް ދިމާ ކުރާ ފަރާތްތަކުން އިނާމު ލިބޭ ފަރާތެއް އެސްޓީއޯއިން ކަނޑައަޅާނީ ގުރުއަތެއް ނެގުމަށްފަހުއެވެ.
އެސްޓީއޯގެ ކަލަންޑަރު ގޭމު ކުޅެގެން ގުރުއަތުން ހޮވޭ ފަރާތަކަށް ގޭގެއަށް ބޭނުންވާ ޓީވީ، ސްޕީކަރު އަދި އެއާ ފްރަޔާ ފަދަ އިނާމުތައް ލިބޭނެއެވެ.