ދިޔާނާ ސައީދު

ހުކުމް ބާތިލް ނުވަނީސް ޝެއިޚް އިމްރާންގެ ޝަރުތު ހަމަވި ކަމަށް ބެލެވޭކަށް ނެތް: ދިޔާނާ

އަހުމަދު ޖައިޝަން

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ނުވަނީސް ވަޒީރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަ ނުވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އާ ކެބިނެޓްގައި ހޯމް މިނިސްޓަރު ކަމަށް ޝެއިޚް އިމްރާން ވަނީ އައްޔަންކުރައްވާފައެވެ. އެކަމާ ގުޅިގެން ބައެއް ވަކީލުންގެ ފާޑުކިޔުން ވަނީ ރައްދުވެފައެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމްވެސް ބާތިލު ނުކުރާއިރު ރައީސް ކަމަށް ޝަރުތު ހަމަ ނުވާ ގޮތަށް އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ނުކުރާ ނަމަ ވަޒީރުކަމުގެ މަގާމަށް ޝަރުތު ހަމަަ ވާނެ ކަމަށް ނުބެލޭ ކަމަށެވެ.

ދިޔާނާ ވިދާޅުވީ އެ ދުސްތޫރީ އިޖުރާއަތު އަވަހަށް ފުރިހަމަކުރެއްވުމަށްފަހު ޝެއިޚް އިމްރާން އަލުން މަގާމަށް ރީއެޕޮއިންޓް ކުރެއްވުމަށެވެ.

ޝެއިޚް އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނުހައްގު ހުކުމެއް ކަމަށް ދިޔާނާ ވަނީ ފާހަގަ ކުރައްވާފައެވެ.