ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާންގެ ފިލްމެއް ރިލީސްނުވާތާ މިވަނީ އަހަރެއް ވެގެން ގޮސްފައެވެ. މިދިޔަ އަަހަރުވެސް ޝާހު އެކި ފިލްމުތަކާ ގުޅިއްޖެކަމުގެ ގިނަ އަޑުތަކެއް ފެތުރިފައިވީނަމަވެސް އެއްވެސް ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އެންމެ ފަހުން އަޑުއަރާފައިވަނީ ތާޖްކުމާރު ހިރާނީ އަދި ސައުތް ޑައިރެކްޓަރެއް ކަމަށްވާ އަތްލީގެ ފިލްމަކަށް ޝާހު ސޮއިކުރި ހަބަރެވެ. އެ ފިލްމާ ގުޅިގެން ގިނަ އަޑުތަކެއް އަރާފައިވީނަމަވެސް ރަސްމީކޮށް ފިލްމުގެ އެއްވެސް ވާހަކައެއް ވަނީ އަދިއަދަށްވެސް ނުލިބިފައެވެ.
އާއަހަރު ފެށުނުތަނާ މިހާރު މިވަނީ ރޯނީ ސްކްރޫވާލާ އަދި ސިދްއާތް ރޯއީ ކަޕޫރުގެ ފިލްމު "ސެލިއުޓް" އިން ޝާހު ފެނިގެންދާނެކަމުގެ ހަބަރުތައް ފެތުރިފައެވެ. ރާކޭޝް ޝަރުމާގެ ބައޯޕިކްގެ ގޮތުގައި ހަދާ މި ފިލްމަށް ޝާހު އެއްބަސްވެފައިވާ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކާ ހަވާލާދީ މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ. އަދި ފިލްމުގައި ބަތަލާގެ ރޯލަށް ފާތިމާ ސަނާ ޝައިޚް ހޮވާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފާތިމާ ވަނީ މީގެ ކުރިން ޝާހު އާއެކު ފިލްމެއް ކުޅުމަށް ބޭނުންވެފައިވާ ކަމަށް ބުނެފައެވެ.
ރާކޭޝް ޝަރުމާއަކީ ޖައްވަށް ދަތުރުކުރި ފުރަތަމަ އިންޑިއާގެ ޕައިލެޓެވެ.