ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލައިގެ ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވިލިނގިލީ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރޭ ފަތިހު 05:37 ހާއިރު ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް ނަގާފައި ވަނީ ކިހާ ފައިސާއެއް ކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ ވިލިނގިލީ ބްރާންޗުން ފައިސާ ވަގަށް ނަގާފައި ވަނީ އެ ބްރާންޗުގެ ބިލްޑިން ފުރާޅުން ބައެއް ނައްޓާލައިގެން އެތަނަށް ވަދެ ތިޖޫރީއެއް ހަލާކުކޮށްލައިގެން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.