ވިޔަފާރި

ވިޒިޓް މޯލްޑިވްސް ޝޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ މި ޝޯގައި ބައިވެރިވުމަށް އެދޭ ފަންނާނުންގެ އިތުރުން ޝޯ ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީ ވުމަށް އެދިފައެވެ.

ފަތުރުވެރިކަމުގެ ތަފާތު ޑެސްޓިނޭޝަންތައް އިސްތިހާރު ކުރުމަށް ބާއްވާ މި ޝޯގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ އިތުރުން ޝޯ ހޮސްޓު ކުރުމަށް އެދޭ ފަރާތްތަކުން މިމަހު 19ގެ ކުރިން ރަޖިސްޓަރީވުމަށް މިނިސްޓްރީން އެދެއެވެ. މިނިސްޓްރީން ބުނީ ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މިމަހު 19ގެ 14:00 ކަމަށެވެ.

މި ޝޯ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުމަށް މިނިސްޓްރީން ނިންމާފައިވެއެވެ.