ބޮލީވުޑް

ސާރާ އާއެކު މަންމަ އަމްރިތާވެސް ރާއްޖޭގައި

ސުޕާ ސްޓާ ސައިފް އަލީ ޚާންގެ ދެ ދަރިން ސާރާ އަލީ ޚާން އާއި އިބްރާހީމް އަލީ ޚާން ރާއްޖޭގައި އާއަހަރު ފާހަގަ ކުރަމުން ދާކަން ސާރާގެ ސޯޝަލް މީޑިއާތަކުން މީގެ ދެދުވަސް ކުރިން ވަނީ އެނގިގެންގޮސްފައެވެ.

އިއްޔެ ސާރާ މިވަނީ އޭނާގެ މަންމަ، ބަތަލާ އަމްރިތާ ސިންގުވެސް ރާއްޖޭގައި ހުރިކަން ހާމަކޮށްފައެވެ.

އެގޮތުން ދެމައިން ވޯޓާ ސްކޫޓާ ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސާރާގެ އިންސްޓަގްރާމު ސްޓޯރީގައި ވަނީ ހިއްސާކޮށްފައެވެ.

ތިން މައިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ރިސޯޓުގައެވެ. ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ސާރާ އަންނަނީ މީސް މީޑިއާގެ ޒަރިއްޔާއިން ފޭނުންނާ ހިއްސާކުރަމުންނެވެ.

ސާރާ އެންމެ އަވަހަށް ފެނިގެން ދާނީ ވަރުން ދަވަންއާއެކު ފިލްމު "ކޫލީ ނަންބަރު ވަން" ގެ ރީމޭކުންނެވެ.

ކުރީގެ ލޯބިވެރިޔާ ކާތިކް އާރްޔަން އާއެކު ކުޅެފައިވާ ފިލްމު "ލަވް އާޖް ކަލް"ވެސް ވަރަށް އަވަހަށް ރިލީސްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.