ބޮލީވުޑް ތަރިންކަމުގައިވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގުގެ ދެދަރިން، ބަތަލާ ސާރާ އަލީ ޚާން އާއި ކޮއްކޮ އިބްރާހީމް އަލީ ޚާން އާއަހަރުގެ ފެށުން ރާއްޖޭގައި ފާހަގަކުރަމުން އެބަގެންދެއެވެ.
ސާރާ ވަނީ އިންސްޓަގްރާމުގައި ރާއްޖޭގައި ނަގާފައި ހުރި ފޮޓޯތަކެއް ރޭ ހިއްސާކޮށްފައެވެ.
އަދި މިއަދު ހެނދުނުވެސް ވަނީ ހެނދުނުގެ ނާސްތާ ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
ސާރާ އަދި ކޮއްކޮ ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ރިސޯޓުގައެވެ.
2018ގައި ރިލީސްކުރި ފިލްމު "ކެދާރްނާތު" އިން ބޮލީވުޑަށް ނުކުތް ސާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރަންވީރު ސިންގާއެކު ފިލްމު "ސިމްބާ" އިންނެވެ.
އެންމެ އަވަހަށް ސާރާ ފެނިގެންދާނީ ވަރުން ދަވަންއާއެކު ފިލްމު "ކޫލީ ނަންބަރު ވަން"ގެ ރީމޭކުންނެވެ. ސާރާގެ ފިލްމު "ލަވް އާޖް ކަލް" ގެ ރީމޭކުވެސް އޮތީ ރިލީސް ކުރުމުގެ މަގުމަތީގައެވެ.