ބޮލީވުޑް

ބާރަތު ކުޅެނިކޮށް ސަލްމާނަށް އަނިޔާވެއްޖެ

ޕަންޖާބުގައި ފިލްމް ބާރަތު ގެ ޝޫޓިންގައި ހަރަކާތްތެރި ވަމުން ދަނިކޮށް ސަލްމާން ޚާން އަށް އަނިޔާ ވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސަލްމާނަށް އަނިޔާވީ ފިލްމްގެ ސީނެއް ކުޅެން އުޅެނިކޮށެވެ. އަދި ސަލްމާން މިހާރު ވަނީ ފަރުވާ ހޯދުމަށް މުމްބާއި އަށް ގޮހެވެ. ނަމަވެސް އަނިޔާގެ ކުޑަ ބޮޑު މިނާ އަދި އަނިޔާވީ ކޮންތާކަށް ކަމެއް އަދި ނޭނގެއެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ ފިލްމް ބާރަތު ގައި ސަލްމާންގެ އިތުރުން، ކެޓްރީނާ ކައިފް، ދިޝާ ޕަޓަނީ، ތާބޫ، ޖެކީ ޝްރޮފް އަދި ސުނިލް ގްރޯވަރު މުހިއްމު ރޯލުތަކުން ފެނިގެން ދާނެއެވެ.

ފިލްމަކީ 2014 ވަނަ އަހަރު ނުކުތް ކޮރެއަން ފިލްމެއް ކަމަށްވާ "އޮދެ ޓު މައި ފާދަރ"ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމް ރިލީސް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އީދާ ދިމާކޮށެވެެ.