އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ކަޕުން ރާއްޖެ ސަސްޕެންޑު ވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ސުޒޭން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެގޮތަށް ކަންތައް ވެފައިވަނީ މުބާރާތަށް ފޮނުވަން ޖެހޭ ޑޮކިއުމެންޓްތައް ވަގުތު އޮއްވައި އޭއެފްސީއަށް ނުފޮނުވުމުން ކަމަށެވެ.
އޭނާ ބުނީ އޭއެފްސީގެ މުބާާރާތްތަކުގައި ރާއްޖެއަށް ބައިވެރި ނުވެވުމަކީ ގައުމުގެ ފުޓުބޯޅައިގެ ތާރީހަށް ވަރަށް ހިތާމަވެރި ވަގުތެއް ކަމަށެވެ.
އޭއެފްސީގައި ރާއްޖެ އެސޯސިއޭޓް މެމްބަރެއްގެ ގޮތުގައި ހިމެނިފައިވަނީ 1984 ވަނަ އަހަރުގައެވެ. އަންނަ އަހަރަކީ އޭއެފްސީގެ ބޮޑު އަހަރެކެވެ. އެގޮތުން އަންނަ އަހަރަކީ އޭއެފްސީގެ އިންތިހާބީ އަހަރެވެ.