ޝެއިޚް އިމްރާން

އިމްރާނަށް ވަޒީރުކަމުގެ ރުހުން ދިނުމުގެ ކުރީން ގާނޫނީ މައްސަލައެއް އޮތްތޯ ބަލާނެ: މޫސަ

1

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަޒީރު ކަމުގެ ރުހުން ރައްޔިތުންގެ މަޖިލީހުން ދިނުމުގެ ކުރިން ގާނޫނީ އެއްވެސް މައްސަލައެއް އޮތްތޯ ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިމްރާން އަބްދުﷲގެ މައްޗަށް ޝަރުއީ ހުކުމެއް އޮތުމުން އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް އެދާއިރާގެ ސީނިއަރ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ މިއަދު ވިދާޅުވީ، ކެބިނެޓަށް އައްޔަން ކުރެއްވި އެއްވެސް ބޭފުޅަކަށް މަޖިލީހުން ރުހުން ދިނުމަށް ތަޅުމަށް ފޮނުއްވާނީ ގާނޫނީ ގޮތުން އެކަމަށް އެއްވެސް ހުރަހެއް އޮތްތޯ ބެއްލެވުމަށްފަހު ކަމަށެވެ.

"އެއީ ވަކި އިމްރާން އަބްދުﷲ ވެގެނެއް ނޫން. އެއީ މަޖިލީހުގައި އެކަމަށް އަމަލުކުރަކުން އަންނަ އުސޫލު. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަންފުޅުތައް މަޖިލީހަށް އައުމުން ކަމާބެހޭ މުއައްސަސާތަކަށް ފޮނުވައިގެން އެއިން އެއްވެސް ބޭފުޅަކަށް މަޖިލީހުން ރުހުން ދިނުމަށް ގާނޫނީ ހުރަހެއް އޮތްތޯ ބަލާނެ." މޫސަ ވިދާޅުވި އެެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟