ރީކޯ މޫސާ މަނިކް

ސިފައިން ހިންގަން ޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތުދީ ހުއްދަ ހޯދަންޖެހޭ ކަމެއް ނޫން: މޫސަ

މަރިޔަމް ޝަހުދާ

ސިފައިން ހިންގަން ޖެހޭ ސަލާމަތީ އެއްވެސް ކަމަކީ އިތުރު ބަޔަކަށް މައުލޫމާތު ދީ، އިތުރު ބައެއްގެ ފަރާތުން އެކަމަށް ހުއްދަ ހޯދަން ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް، ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރީކޯ މޫސަ ވިދާޅުވީ ސިފައިން ހިންގަން ޖެހޭ ސަލާމަތީ ކަންކަމުގެ މައުލޫމާތު އިތުރު ބަޔަކާ ހިއްސާ ކުރަން ނުޖެހޭނެ ކަމަށާއި، އެކަމަށް އިތުރު ބައެއްގެ ހުއްދަ ހޯދަން ނުޖެހޭ ކަމަކީ ގާނޫނު އަސާސީން އެނގެން އޮންނަ ކަމެކެވެ. މީގެ އިތުރުން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަަތު އިއުލާނު ކުރުމުން ކަމަށް މޫސަ ވިދާޅުވިއެވެ.

ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށީ އިއްޔެއިން ފެށިގެންނެވެ. އިއްޔެ ގައުމީ ދިފާއީ ބާރުން އާންމު ކުރި ނޫސްބަޔާނެއްގައި ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ. އެންއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.