އަހްމަދު މަހްލޫފު

ހަވާލުވީ ވަޒީރުކަމުގެ ޓައި އަޅައިގެން އިންނާކަށް ނޫން: މިނިސްޓަރު މަހްލޫފް

އަހުމަދު ޖައިޝަން

ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ޓައީ އަޅައިގެން އިންނަން ނޫން ކަމަށް އަލަށް ހުވާކުރެއްވި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

ރޭ ހުވާކުރެއްވި ޔޫތު މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ބޭނުމަކީ ޒުވާނުންނާ ކުޅިވަރުގެ ދާއިރާއިން ބޮޑެތި ބަދަލުތައް ގެނައުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދާއެކު އިރާދަކުރެއްވިޔާ ނަތީޖާ ނެރެދޭނަން،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ފާޑުކިޔުމާއި ހިޔާލުތައް އުފަލާއެކު ބަލައިގަންނާނެ ކަމަށެވެ.