ކޮމިޝަނާ އޮފް ޕޮލިސް

ކުރިއަށް އޮތް އަހަރު ކުށް މަދުކުރުމުގެ ގޮތުން މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

އާނިފާ ހުސެއިން ސިރާޖް

މިއަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ކުރިއަށް އޮތް އަހަރު ކުށްތައް މަދުކުރުމުގެ ގޮތުން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މާލޭ ސިޓީގައި ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ފެށި މި އޮޕަރޭޝަނަކީ ވޭތުވެދިޔަ ދެހަފުތާގެ ތެރޭގައި މާލޭގައި ވައްކަމުގެ މައްސަލަތައް ގިނަވެފައި ވުމާއި، ކުރިއަށް އޮތް އަހަރަށް ކުށް މަދުކުރުމުގެ ގޮތުން ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އުޅަނދުފަހަރު ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ވައްކަމުގެ މައްސަލަތައް ގިނަވެފައިވާއިރު، އެކަން މަދުކުރުމަށް ފުލުހުން އިއްޔެ ފެށި އޮޕަރޭޝަން ނިންމާލާނެ ވަކި ދުވަހެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.