ބޮލީވުޑް

ރާއްޖޭގެ ރީތި މަންޒަރުތައް ކާޖަލްގެ އިންސްޓަގްރާމުން

ބޮލީވުޑް އަދި އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގައިވެސް ކާޖަލް އަގަރްވާލަކީ ނަން ހިނގާ ތަރިއެކެވެ.

ކާޖޮލް އެންމެ މަގުބޫލު ވެގެން ގޮސްފައިވަނީ އަޖޭ ދޭވްގަން އާއެކު ކުޅުނު ފިލްމު "ސިންގަމް" އިންނެވެ.

މިވަގުތު އާއިލާ އާއެކު ރާއްޖޭގައި ކާޖަލް ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އޭނާގެ އިންސްޓަގްރާމުގައި ރާއްޖޭގެ ރީތި މަންޒަރުތައް އަންނަނީ ހިއްސާކުރަމުންނެވެ. އަދި އެ ފޮޓޯތަކަށް ވަނީ ބޭރުގެ މީޑިއާތަކުގެ ސަމާލުކަންވެސް ލިބިފައެވެ.

ކާޖަލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ރީތި ފަރު ރިސޯޓުގައެވެ. ރާއްޖެ އައިސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

ކާޖަލް އެންމެ އަވަހަށް ފެނިގެން ދާނީ ކަމާލް ހަސަންގެ ފިލްމު "އިންޑިއަން 2" އިންނެވެ. މީގެ އިތުރުން ގެންގްސްޓާ ޑްރާމާއެއް ކަމަށްވާ "މުމްބާއީ ސާގާ" އިންވެސް ކާޖަލް ފެނިގެން ދާނެއެވެ.