ބޮލީވުޑް

ރީތި ވުމަށް ފަސްގަޑި އިރު ޝާހު ނަގާކަމަށް އަންހެނުން ގޯރީ ބުނެފި

ސުޕާ ސްޓާ އަދި ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާން ރީތިވުމަށް އޭނާގެ އަންހެނުން ގޯރީ ޚާން އަށްވުރެ ގިނަ އިރު ނަގާކަމަށް ގޯރީ ބުނެފިއެވެ.

"އަހަރެން ތައްޔާރުވެ ރީތިވުމަށް ފަސް މިނެޓް ނަގާއިރު ޝާހު ނަގާނެ ފަސް ގަޑިއިރު" މީޑިއާއަށް ދިން އިންޓަވިއުގައި ގޯރީ ބުންޏެވެ. ގޯރީ އިތުރަށް ބުނީ އެއް ކޮޓަރި ވަކިން ޝާހުގެ ވޯޑްރޯބު ގޮތުގައި އެގޭގައި ހުންނަ ކަމަށެވެ.

ގޯރީ ދިން ޖަވާބަށް އެއްބައި ވުމަށްފަހު ޝާހު ބުނީ އޭނާ އާންމުކޮށް ލަނީ އެއް ހެދުން ތަކެއް ކަމަށެވެ.

"ގިނައިން ލެވެނީ ކަޅު ސޫޓް. ކޮންމެ ފަހަރަކު ކަޅު ސޫޓް ލާތީ ތަފާތު ފެންނަހެން ލާން ޖެހޭނެ ދޯ؟" ޝާހު އޭނާގެ ދިފާއުގައި ބުންޏެވެ.

ޝާހުއާއި ގޯރީ ކައިވެނި ކޮށްގެން އުޅޭތާ 28 އަހަރު މިދިޔަ އޮކްޓޯބަރަށް ވެފައިވާއިރު އެ ދެމަފިރިނަށް ވަނީ ތިން ކުދިން ލިބިފައެވެ.