ބޮލީވުޑް

ގުޑް ނިއޫޒްގެ ދެވަނަ ޓްރެއިލާ ރިލީސްކޮށްފި

ހެއްވާ މަޖާ ފިލްމު "ގުޑް ނިއޫޒް"ގެ ދެވަނަ ޓްރެއިލާ އިއްޔެ ރިލީސްކޮށްފިއެވެ.

ފިލްމުގެ ޓްރެއިލާ ރިލީސްކުރަމުން ފިލްމުގެ އެއް ލީޑް ބަތަލު ކަމަށްވާ އަކްޝޭ ކުމާރު ބުނީ މިއީ މަޖާ ރައިޑެއް ކަމަށެވެ.

ޓްރެއިލާއިން ފެނިގެންދާ ފިލްމުގެ މަޖާ ސީންތަކުންވެސް ފިލްމު ބެލުމަށް އިތުރަށް ޝައުގުވެރިކަން އުފައްދާލައެވެ. އަކްޝޭ، ކަރީނާ، ކިއާރާ އަދި ދިލްޖިތް ލީޑުން ފެނިގެންދާ މި ފިލްމުގައި އެ ހަތަރު މީހުންގެ ރޯލުވެސް އިންޓަރެސްޓިން ވެފައި ތަފާތެވެ. ފިލްމުގެ ޑައިލޮގްސްތަކުން ފިލްމު އިތުރަށް ފުރިހަމަ ކޮށްލައެވެ.

ފިލްމަކީ އައިވީއެފް ބޭނުންކޮށްގެން ދަރިއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ދެ ދެމަފިރިނަށް އެމީހުންގެ 'ދަރިފަނި' މިކްސް ވެގެން ދިމާވާ ކަންތައްތަކުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މިމަހު 27ގައެވެ.