ގަލީ ބޯއީގެ މުޅި ޓީމަށް ލިބިގެންދިޔަ އެންމެ އުފާވެރި އެއް ހަބަރަކަށްވީ ފިލްމު އޮސްކާގެ ބެސްޓް ފޮރިން ލެންގުއޭޖް ކެޓަގަރީއަށް އިންޑިއާއިން ނޮމިނޭޓްވެގެން ދިޔަ ހަބަރެވެ.
ފިލްމުގެ ބަތަލު ރަންވީރު ސިންގާއި ބަތަލާ އާލިޔާ ބަޓްގެ އިތުރުން އެހެން ފަރާތްތަކުންވެސް އެމީހުންގެ ޝުއޫރުތައް ފާޅުކޮށް ފިލްމަށް އޮސްކާ ލިބޭނެކަމުގެ ފޮނި އުންމީދުގައި ތިއްބައި ފިލްމު މިވަނީ އޮސްކާ ފަހު ދިހައިގެ ލިސްޓުން ކަޓާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޮސްކާގެ ފައިނަލް ލިސްޓު އާންމުކޮށްފައިވާއިރު ވޯޓުލުމަށް ހުޅުވާލާފައިވާ ދިހަ ފިލްމު ތެރޭގައި ގަލީ ބޯއީ ނުހިމެނެއެވެ. ހިމެނިފައިވާ ފިލްމުތަކަކީ:
ފިލްމުގެ ޑައިރެކްޓަރު ފަރުހާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޮސްކާގެ ފަހު ދިހައިގައި މި ފިލްމު ނުހިމެނި ކަޓައިގެން ދިޔުމުން ހިތާމަކުރާ ކަމަށެވެ. ހޮވުނު ފިލްމުތަކަށް މަރުހަބާ ކިޔަމުން ފަރުހާން ބުނީ ފަހު ދިހަޔަށް ނޭރިކަމުގައިވިޔަސް އޮސްކާއަށް ނޮމިނޭޓް ވެގެން ދިޔުމަކީވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އެހެން ގައުމު ތަކުގެ ފިލްމުތަކާ ވާދަކުރަން ފުރުސަތު ލިބުމުން ހިތްހަމަޖެހުނު ކަމަށެވެ.
ގަލީ ބޯއީ އަކީ އިންޑިއާގެ މަގުބޫލު ސްޓްރީޓް ރެޕަރުންގެ ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ރެޕްކޮށްފައިވަނީ ރަންވީރު އަމިއްލައަށެވެ.