ބޮލީވުޑް ބަތަލު ރިތިކް ރޯޝަން މިއަހަރު ފެށީ ސުޕާ ހިޓްވި ފިލްމެއް ކަމަށްވާ "ސުޕާ 30"ގެ ކާމިޔާބީއާ އެކުއެވެ. މި ފިލްމަކީ އިންޑިއާގެ ހިސާބު އިލްމުގެ ހީރޯ، އާނަންދު ކުމާރުގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމަށް ހޮލީވުޑް ފިލްމެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. ފިލްމާ ގުޅުން ހުރި ފަރާތެއްގެ މީޑިއާތަަކަށް އިންޓަވިއުދެމުން ބުނެފައިވަނީ "ސުޕާ 30" އަށް ހޮލީވުޑްގެ ފިލްމު އުފައްދާ ފަރާތަކުން ޝައުގުވެރިކަން އުފައްދާފައިވާ ކަމަށެވެ. ހޮލީވުޑް ފިލްމުގެ ކާސްޓުން ހަަމަޖެހުނުހާ އަވަހަކަށް ބޮލީވުޑް ފިލްމުގެ ސްކްރިޕްޓު ލިޔުނު ސަންޖީވް ދައްތާ ފިލްމުގެ އިނގިރޭސި ސްކްރިޕްޓު ލިޔަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން މި ފިލްމުގައި ހުދު އާނަންދު ކުމާރުވެސް ފެނިގެން ދާނެ ކަމަށް ވެއެވެ.
މި ފިލްމަކީ މުޖުތަމައުގައި ޓީޗަރުންގެ މުހިންމުކަން ދައްކުވައިދޭ ފިލްމެކެވެ.