ބޮލީވުޑް

ޗެހެރޭގެ ބައެއް ސީންތައް ޑައިރެކްޓުރީ އަމީތާބް: ޕްރޮޑިއުސަރު

ފިލްމު "ޗެހެރޭ"ގެ ޝޫޓިން ނިންމާލާފައިވާއިރު ފިލްމުގެ މެއިން ލީޑް ކަމުގައިވާ ބޮލީވުޑް ގެ މެގާ ސްޓާ އަމީތާބް ބަޗަން ފިލްމުގެ ބައެއް ސީންތައް ޑައިރެކްޓްކުރި ކަމަށް ފިލްމުގެ ޕްރޮޑިުސަރު އާނަންދު ޕަންޑިތު ބުނެފިއެވެ.

މީޑިއާއަށް އިންޓަވިދެމުން އާނަންދު ބުނީ ފިލްމުގެ ޝޫޓިން ނިންމާލިއިރު އެންމެން އިމޯޝަނަލްވި ކަމަށެވެ.

"މި ފިލްމަކީ ވަރަށް ހާއްސަ ފިލްމެއް. އަމީތާބްގެ ހާލު ދެރަވެ އެޑްމިޓް ކުރުމާއެކު ފިލްމު ޝެޑިއުލާ އެއްގޮތަށް ނުގޮސްދާނެ ކަމުގެ ބިރު އޮތްނަމަވެސް، ގެޔަށް ދޫކޮށްލުމާއެކު، އެހާލަތުގައިވެސް އެންމެ ފުރަތަމަ ސެޓަށް އަންނަ މީހަކީ އަމީތާބް. އެ ދިން ކޮމިޓްމަންޓަކީ އެންމެނަށް ލިބިގެންދިޔަ އިންސްޕިރޭޝަނެއް" އާނަންދު ބުންޏެވެ.

އާނަންދު އިތުރަށް ބުނީ އަމީތާބަށް ފިލްމު އުފެއްދުމުގެ ހުރިހާ ކަމެއް އެނގޭ ކަމަށެވެ.

"ފިލްމުގެ ހުރިހާ މަސައްކަތްތަކެއްގައިވެސް އަމީތާބްގެ ހިޔާލާ މަޝްވަރާ ލިބުނު. ޗެހެރޭ ސަޅިވެގެންދާ ސަބަބަކީވެސް އަމީތާބްގެ އިރުޝާދުގެ މަތިން ފިލްމުގެ މަސައްކަތް ކުރިއަށް ގެންދެވުން. އަމީތާބްގެ ހުރި ތަޖުރިބާ އާއި ހުނަރުގެ ސަބަބުން ފިލްމަށް ލިބިގެން ދިޔައީ އިތުރު ފުރިހަމަ ކަމެއް. ކޮމްބެޓް އަދި ޗޭސިން ސީންތައް ޑައިރެކްޓު ކުރީވެސް އަމީތާބް" އާނަންދު ބުންޏެވެ.

ފިލްމުގެ ޝޫޓިން ޕޮލެންޑްގައި ކޮށްފައިވާއިރު ޝޫޓް ނިމުމަށްފަހު އަމީތާބް ވަނީ ޓުވީޓްކޮށްފައެވެ. މިސްޓްރީ ޑްރާމާ ތުރިލާ ފިލްމު ޗެހެރޭ ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުއެވެ.