ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ފަސްވަނަ އަހަރީ އިނާމުގެ ސިލްވަރ ޕާޓްނަރަަކަށް ހޭންޑީ ވޯޓާ އެކު ސޮއިކޮށްފިއެވެ.
ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހޭންޑީ އިންޑަސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އަބްދުލް ރައްޒާގުއެވެ. އަދި އެންބީއެމްގެ ފަރާތުން ސޮއި ކުރެއްވީ ހަޒާންދާރު މުހަންމަދު އަފްރާހްއެވެ.
ހޭންޑީ ވޯޓަރ އަކީ ރާއްޖޭގައި އުފެދުނު 100 ޕަސެންޓް ދިވެހި ކުންފުންޏެކެވެ. ހޭންޑީ ވޯޓާ އަކީ ހޭންޑީީ އިންޑަސްޓްރީގެ އުފެއްދުމެކެވެ. ހޭންޑީ ހޯލްޑިންސް އުފެދިފައިވަނީ 1992ވަނަ އަހަރުއެވެ. މި ކުންފުނިން ތަފާތު ހަތަރު ސައިޒެއްގެ ފެންފުޅި އުފައްދައެވެ. އޭގެ ތެރޭގައި ހިމެނެނީ 500 އެމްއެލް، 1.5 ލީޓަރު، 5 ލީޓަރު އަދި 19 ލީޓަރުގެ ފެންފުޅިއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ބޯޓިންގް އެވޯޑްސް އަކީ 2014 ވަނަ އަހަރުން ފަށައިގެން އެންބީއޭއެމްގެ ފަރާތުން ބާއްވަމުން އަންނަ ބޯޓިންގް އެވޯޑްސްގެ ފަސްވަނަ އެވޯޑު ހަފުލާއެވެ. މި އެވޯޑުގެ މަގުސަދަކީ ރާއްޖޭގައި ބޯޓިންގް ދާއިރާގައި ހިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އަގު ވަޒަން ކުރުން ކަމަށް ބޯޓިންގް އެސޯއިއޭޝަނުން ބުނެއެވެ.
މި އެވޯޑު ދިނުމަށް ހަމަޖައްސާފައިވަނީ އެވޯޑު ދިނުމަށް ހަމަޖައްސާފައިވާ ކެޓަގަރީތަކުން އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ، އެ ކެޓަގަރީއަކުން އެންމެ ރަނގަޅު ފަރާތްތަކަށް ކަމަށް ބޯޓިންގް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. މި އެވޯޑު ހަފުލާގައި 39 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019 ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހު 23ގައި ދަރުބާރުގޭގައެވެ.
މިއަހަރުގެ އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.