ވަރުން ދަވަންއާއެކު ބޫމީ ޕެޑްނޭކަރު އަކި ކިއާރާ އަދްވާނީ ފިލްމެއް ކުޅެން އެއްބަސްވެފައިވާ ވާހަކަ ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ. މި ފިލްމުގެ ނަމަކީ "މރ. ލެލޭ" އެވެ.
ފިލްމުގައި ތިން ތަރިންވެސް މީގެ ކުރިން ނުފެންނަ ރޯލުތަކުން ފެނިގެން ދާނެ ކަމަށްވެއެވެ. އަންނަ މާޗް މަހުގެ ކުރީ ކޮޅު ފިލްމުގެ ޝޫޓިން ފެށިގެން ދާނެ ކަމަށް ބުނާއިރު މިހާރު ތިން ތަރިންވެސް އަންނަނީ ފިލްމަށް ތައްޔާރުވަމުންނެވެ.
ވަރުން މިވަގުތު އަންނަނީ އޭނާގެ ބައްޕަގެ ފިލްމު "ކޫލީ ނަންބަރު ވަން" ގެ މަސައްކަތްވެސް ކުރަމުންނެވެ. އެފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ އަަހަރު މެއި އެކެއްގައެވެ.
ބޫމީ އެންމެ އަވަހަށް ފެނިގެންދާނީ "ތަޚްތު" އަދި "ޑޯލީ ކިޓީ އޯރު ވޯރ ޗަމަކްތޭ ސިތާރޭ" އިންނެވެ. ކިއާރާގެ ފިލްމު "ގުޑް ނިއޫޒް" މިމަހު 27ގައި ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ.