ވިޔަފާރި

އެންބީއޭއެމް ގެ ރައީސް ކަމަށް އަފްރާހު ކުރިމަތިލައިފި

މުހައްމަދު ޝަހީމް

ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސް ކަމަށް އެ އެސޯސިއޭޝަންގެ އެކްޒެކްޓިވް ކޮމެޓީގެ މެންބަރު އަހުމަދު އަފްރާހު ކުރިމަތިލައިފިއެވެ.

2007 ވަނަ އަހަރުން އެސޯސިއޭޝަން އުފެދުނު ފަހުން އަފްރާހުވަނީ އޯގަނައިޒޭޝަންގެ އެކި މަގާމުތައް އަދާކޮށްފައެވެ. އޭގެ ތެރޭގައި އޯގަނައިޒޭޝަންގެ ހަޒާންދާރުކަމާއި 12 އަހަރު ވަންދެން އެކްސްކޯ މެންބަރެއްގެ ގޮތުގައި ހިމެނެއެވެ.

އަހުމަދު އަފްރާހަކީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މުއައްސިސެއްވެސް މެއެވެ.

ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން، ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ނަމަށް ބަދަލު ކުރީ 2018 ވަަނަ އަހަރުގެ ތެރޭގައެވެ.

"ކެނޯޕަސް މޯލްޑިވްސް" ގެ މެނޭޖިން ޑިރެކްޓަރު ކަންވެސް ކުރަމުން އަންނަ އަފްރާހްގެ އާއިލީ ވިޔަފާރީގެ ތެރޭގައި ސަފާރީ ބޯޓާކާއި، ގެސްޓް ހައުސެއްގެ އިތުރުން މޫދު ކުޅިވަރު ހިމެނެއެވެ.