ވިޔަފާރި

މިދިޔަ މަހުގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް 11،545 ފަތުރުވެރިން އައިސްފައިވޭ

އާނިފާ ހުސެއިން ސިރާޖް

މިދިޔަ މަހުގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް 11،545 ޓޫރިސްޓުން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގުރޭޝަނުން މިއަދު އާންމުކުރި ސީޕޯޓްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި ކަނޑު މަގުން ޖުމުލަ 17،540 މީހުން ވަނީ ރާއްޖެއަށް އެތެރެ ވެފައެވެ. އޭގެ ތެރެއިން 11،545 މީހުންނަކީ ފަތުރުވެރިންނެވެ. މިދިޔަ މަހުގެ ތެރޭގައި ވައިގެ މަގުން ރާއްޖެ އައިސްފައިވާ ޖުމުލަ ޓޫރިސްޓުންގެ އަދަދަކީ 138،645 އެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އިންޑިއާއާ އެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގަވައިދުން ވަކި ތާވަލެއްގެ ދަށުން އެ ދަތުރުތައް ފެށުމުން ވެސް ކަނޑުމަގުން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މި އަހަރު ރާއްޖެއަށް ގެންނަން ކަނޑައެޅި ޓޫރިސްޓުންގެ ޓާގެޓު ހާސިލުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން ވަނީ ބުނެފަ އެވެ.