އިބްރާހިމް ޒަކީ
އާއްމުކޮށް އިއުލާން ނުކޮށް ވާދަވެރި ބީލަމުގެ އުސޫލާ ހިލާފަށް އެކަނިވެސް 86.1 މިލިޔަން ރުފިޔާގެ ހިޔާނާތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އެމްޕީއެލްގެ 2015 އިން 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެކި ބޭނުންތަކަށް 86.1 މިލިއަން ރުފިޔާގެ ތަކެތި އެމްޕީއެލްއިން ގަނެފައިވަނީ ވަކިވަކި ފަރާތްތަކުން ކޯޓޭޝަން ހޯދައިގެންނެވެ.
އޭގެ ތެރެއިން 62 މިލިއަން ރުފިޔާގެ ތަކެތި ފޯރުކޮށްދޭނެ ފަރާތް ކަނޑައަޅާފައިވަނީ އެމްޕީއެލްގެ ބޯޑުން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ ކަމަށް އެމްޕީއެލްގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތާވަލު:
އޮޑިޓް ރިޕޯޓްގައިވަނީ އުސޫލުން ބޭރުން ބީލަމަކާނުލައި ގަތް ހުރިހާ ތަކެއްޗެއްގެ ތަފުސީލާއި އަގުތައް ރިޕޯޓްގައި ހިމަނައިފައެވެ. އަދި އެ ފަދަ މައްސަލަ ތަކުގައި ދެން ކަންތައް ކުރަން ޖެހޭ ގޮތްވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ.
އެގޮތުން އެއިން ކޮންމެ މައްސަލައެއް ފާހަގަަކޮށް އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އޮޑިޓާ ޖެނެރަލް ދެއްވި ލަފާވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.