މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ރޭ މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު އެ މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކާއި، 47 އަހަރުގެ ދިވެހި ފިރިހެނަކު ކަަމަށެވެ.
މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި 33 ދަޅާއި، 22 ފުޅި ބަނގުރާ އާއި، އަށް ކޭސް ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.