ސްޓާ ސްކްރީން އެވޯޑްސް 2019ގައި، ފިލްމު ގަލީ ބޯއީގެ ތަރިން ކަމުގައިވާ ރަންވީރު ސިންގް އަދި އާލިޔާ ބަޓް އަށް އެންމެ މޮޅު ތަރީންގެ އެވޯޑު ލިބިއްޖެ އެވެ.
ބެސްޓް ފިލްމުގެ އެވޯޑް ގަލީ ބޯއީއަށް ލިބިފައިވާއިރު، ރަންވީރުއަށް ބެސްޓް އެކްޓަރު (މޭލް) އަދި އާލިޔާއަށް ބެސްޓް އެކްޓަރު (ފީމެއިލް) ވަނީ ލިބިފައެވެ.
ފިލްމުގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރަށް ވަނީ ބެސްޓް ޑައިރެކްޓްރުގެ އެވޯޑު ލިބިފައެވެ.
ސްކްރީން އެވޯޑްސް ހަފްލާގައި އަޔުޝްމަން ކުރާނާގެ ފިލްމު އާޓިކަލް 15 އަށް ވަނީ ބެސްޓް ފިލްމު ކްރިޓިކްސް ޗޮއިސް އެވޯޑާއި ބެސްޓް އެކްޓަރު ކްރިޓިކްސް ޗޮއިސް (މޭލް) އެވޯޑު ލިބިފައެވެ. ފިލްމުގެ ޑައިރެކްޓަރު އަނޫބަވް ސިންހާ އަށް ވަނީ ބެސްޓް ޑައިރެކްޓަރު ކްރިޓިކްސް ޗޮއިސް އެވޯޑް ވެސް ލިބިފައެވެ. މީގެ އިތުރުން މި ފިލްމަށް ވަނީ ބެސްޓް ސްޓޯރީގެ އެވޯޑްވެސް ލިބިފައެވެ.
ފިލްމު ސާންދް ކީ އާންކް އިން ތާޕްސީ ޕަންނު އާއި ބޫމީ ޕެޑްނޭކަރަށް ވަނީ ބެސް އެކްޓަރު ކްރިޓިކްސް ޗޮއިސް (ފީމެއިލް) އެވޯޑު ލިބިފައެވެ.
ސްޓާ ސްކްރީން އެވޯޑްސް 2019 ހަފްލާގައި ގިނަ ތަރިންތަކެއް ބައިވެރިވެފައިވާއިރު އެކި ތަރިންގެ ހުށަހެޅުންތައްވެސް ކުރިއަށް ދިޔައެވެ.
މި ހަފުލާއަށް ދިޔަ ތަރިންތަކުގެ ތެރެއިން ދީޕިކާ، ސާރާ އަދި އަނަންޔާ ޕަންޑޭގެ ހެދުމަށް ވަނީ ފެޝަން ކްރިޓިކްސްގެ ފަރާތުން ތައުރީފު ކޮށްފައެވެ. އެގޮތުން ހަފުލާގެ އެންމެ ބެސްޓް ޑްރެސް ތަރިންގެ ގޮތުގައި އެމީހުން ވަނީ ފާހަގަ ކޮށްފައެވެ.