ހ. ހާޖަރާ ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
ހާޖަރޭގެ އަކީ ނޮވެމްބަރު 3ގެ ބާޣީ އަބްދުﷲ ލުތުފީގެ ގެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތަޅާލަން ބަޔަކު ހޯދައި، އެ ގެ ތަޅާލުމުގެ މަސައްކަތް އިއްޔެ ފަށާފައި މިވަނީ، ބާވެ ހަލާކުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ނުރައްކަލެއް ވެދާނެތީއެވެ.
ހާޖަރާގޭގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ކޮންސްޓުރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (ސީއައިޑީޑީ) އިން ކަނޑައަޅައި، ފިޔަވަޅު އެޅުމަށް ނިންމި ލިސްޓުގައި 11 އިމާރާތެއް ހިމެނެއެވެ. އެ އިމާރާތްތަކަކީ:
މި އިމާރާތްތައް ތަޅާލަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ބަދަލު ދިނުމަށް ފަހު ސަރުކާރަށް ނެގުމަށްފަހުއެވެ. ނަމަވެސް އެ ބިންތަކާމެދު އަމަލުކުރާނެ ގޮތެއް ސަރުކާރުން އަދި ނުނިންމައެވެ.