ރައްޔިތުންގެ އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ރައްޔިތުންގެ މަޖިލީހުން އިސް ރޯލެއް އަދާ ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މިއަދުގެ މުނާސަބާގައި ތަހުނިޔާ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ފަރާތްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި ރާއްޖޭގެ ގާނޫނު ނަގަހައްޓައި، އެންމެންގެ ހައްގުތައް ރައްކާތެރި ކުރުމަކީ މަޖިލީހުން އެކަމަކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހަކީ 1948 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑިސެމްބަރު 10 އެއްގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހަކީ އދ ގެ ޖެނެރަލް އެސެމްބްލީން އިންސާނީ ހައްގުތަކާއި ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ފާސްކުރުމާއި ގުޅިގެން ފާހަގަ ކުރަން ފެށި ދުވަހެކެވެ.