"ކަށަވަރު ޕްރޮމޯ" ގެ ނަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ ނިމުމާއި ދިމާކޮށް އެމްޓީސީސީން ކުރިޔަށްގެންދާ ޕްރޮމޯޝަން މިއަދު ފަށާފައި ވާއިރު، މި ޕްރޮމޯއަކީ ކޮންމެ އަހަރަކު ވެސް އެމްޓީސީސީގެ ކަށަވަރުން ކުރިޔަށް ގެންދާ ޕްރޮމޯޝަނެކެވެ.
އެގޮތުން މި އަހަރުގެ ޕްރޮމޯޝަންގައި ސުޒުކީ އިންޖީން، ޔަންމާ 115 ހޯސްޕަވަރ ގެ އިންޖީނާއި، އިންޑަސްޓްރީއަލް ގޭސް، ސިގްމާ މެރިން ދަވާދު އަދި ޔަންމާ އަދި ސުޒުކީ އިންޖީންގެ ސްޕެއަރ ޕާޓްސް އިން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ޕްރޮމޯޝަން ހާއްސަ ކޮށްފައިވަނީ ފައިސާ ދައްކަވައި ތަކެތި ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މި އަންނަ ޖެނުއަރީ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕްރޮމޯގެ ހަރަކާތްތައް މާލެ ނޯތު ހާބަރުގައި ވެސް ކުރިޔަށްގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި އެގޮތުން ކޮންމެ އަހަރަކުވެސް އެކި ޕްރޮޑަކްޓް ތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ހިންގުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ތަމްރީނާއި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އަބަދުވެސް ހިންގާކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީ އަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާއި، ސިގްމާ އެންޓިފޯލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެެވެ.