2010 ވަނަ އަހަރު "ޑަބަންގް" ގެ ފުރަތަމަ ފިލްމަށްފަހު ސޮނާކްޝީ ސިންހާ ވަނީ ވިދާލާފައެވެ. ސަލްމާން ޚާން އާއެކު ކުޅޭ މި ފިލްމުގެ ފްރެންޗައިޒް ތަކުގެ ތެރެއިން މިހާރު ތިން ވަނަ އެޑިޝަން ރިލީސް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ފިލްމުގެ ޕްރޮމޯޝަންތަކުގެ ތެރޭގައި ދިން އިންޓަވިއެއްގައި ސޮނާކްޝީ ވަނީ އޭނާއަށް އެންމެ މަގުބޫލު ބަތަލު ހާމަކޮށްފައެވެ. ބޭނުން ވަނީ ރިތިކް ރޯޝަން އާއެކު ލޯބީގެ ފިލްމެއް ކުޅެން ކަމަށް ސޮނާކްޝީ ބުންޏެވެ.
ސޮނާކްޝީ ބުނީ ރިތިކަކީ ކުޅޭ ހުރިހާ ފިލްމެއްގައިވެސް މޮޅު އެކްޓެއް ދައްކައިދޭ އެކްޓަރެއް ކަމަށާއި އޭނާއަކީ ރިތިކްގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކޮށް ސަލްމާނާއި އަރްބާޒް ޚާން ޕްރޮޑިއުސްކުރާ ފިލްމު ޑަބަންގް ތިނެއް ރިލީސް ކުރަނީ މިމަހު 20ގައެވެ.