ލ. ގަމުގައި ބަޔަކު ސިހުރު ހަދަން ގެންގުޅުނު ފޮތްތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު މެންދުރުފަހު 3:00 ހާއިރު ފުލުހުން އެ ފޮތްތައް ހޯދާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. ގަން، މަތިމަރަދޫ ގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށާއި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.