ސާރާ އަލީ ޚާން އާއެކު ފިލްމު ލަވް އާޖް ކަލްގެ ސީނެއް ރީޝޫޓް ކުރުމަށް ކާތިކް އާރްޔަން ދެކޮޅު ހަދައިފިއެވެ.
ލޯބީގެ ގޮތުން ސާރާ އާއި ކާތިކް ރައްޓެހިވީ ލަވް އާޖް ކަލްގެ ޝޫޓިން ތެރެއިން ކަމަށްވެއެވެ.
މި ފިލްމުގެ ޝޫޓިން ތެރޭގައި ދެ ތަރިން އެކުގައި ޕަބްލިކް އެޕިއަރެންސްތައް ހަދާފައިވާއިރު ގިނަ ފޭނުންގެ ފަރާތުން ދެތަރިންނަށް ވަނީ ބޮޑު ތަރުހީބެއްވެސް ލިބިފައެވެ. ނަމަވެސް ދެމީހުން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި ދެތަރިންވަނީ ވަކިވެފައެވެ.
ވަކިވުމަށްފަހު ދެތަރިން އެއްވެސް ގޮތަކަށް ވާހަކަ ދައްކާފައި ނުވާއިރު ބައްދަލުކޮށް ހަދާކަން ވެސް މީޑިއާއަށް އެނގިފައެއް ނުވެ އެވެ. މިހާރު ކާތިކް މިވަނީ ފިލްމު ލަވް އާޖް ކަލްގެ ސީނެއްވެސް އަލުން ރީޝޫޓް ކުރުމަށް އެދުމުން އެކަމާ ދެކޮޅު ހަދާފައެވެ. ނަމަވެސް ސަބަބަކީ ސާރާ ނޫން ކަމުގައި އޭނަ ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކާތިކް ވަނީ ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒު ކައިރިން އެ ސީން ނުހިމަނައި ފިލްމު ހެދެންޏާ އެގޮތަށް ކަންތައް ކުރުމަށް ވެސް އެދިފައެވެ.
ކާތިކްގެ ފިލްމު ޕަތީ ޕަތުނީ އޯރް ވޯ ވަނީ މިދިޔަ ހުކުރު ދުވަހު ރިލީސްކޮށްފައެވެ. ކުރިއަށް "ބޫލް ބުލައްޔާ" އަދި "ދޯސްތާނާ 2" އަންނަ އަހަރަަށް އެބައޮތެވެ. ސާރާ އަންނަނީ ފިލްމު "ކޫލީ ނަންބަރު 1"ގެ މަސައްކަތް ވެސް ކުރަމުންނެވެ.