ރީކޯ މޫސާ މަނިކް

އިންކަމް ޓެކްސްއަށް ރީކޯ މޫސަގެ ފާޑުކިޔުން

އާނިފާ ހުސެއިން ސިރާޖް

އާމްދަނީން ޓެކްސް ނަގަން މަޖިލީހުން ފާސްކުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ކަންމަތީ ފިހާރައިންނާއި، ނާލުއޮޑިފަހަރުންނާއި، ފެރީ ދަތުރު ކުރާ ލޯންޗުފަހަރުންވެސް އާމްދަނީ ޓެކްސް ނަގަން ފެށުމުން އަގުތައް އުފުލުނީމަ ހުރިހާ ބުރައެއް ލިބެނީ ރައްޔިތު މީހާއަށް ކަމަށެވެ.

މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމްޓެކްސް ނެގުމަށް ކަނޑައަޅައި، އާމްދަނީން ޓެކްސް ނެގުމުގެ ބިލު (އިންކަމްޓެކްސް ނެގުމުގެބިލު) މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

"ކަންމަތީ ފިހާރައިން ޓެކްސް. ލަނޑާ ނަގާ މީހާވެސް ޓެކްސް. އޮޑިވެރިޔާވެސްޓެކްސް. ނާލުއޮޑިފަހަރުން ޓެކްސް. ފެރީ ދަތުރުކުރާ ލޯންޗު ފަހަރުންވެސް ޓެކްސް. އަގުތައް އުފުލުނީމަ ހަގީގަތަކީ ރައްޔިތުމީހާއަށް ހުރިހާ ބުރައެއް. ބަޖެޓަށް ލާރި ހަމަކުރަން. ރުޕޭކާޑު." ކަމަށް ވިދާޅުވެ ރީކޯ ވަނީ ފާޑު ވިދާޅުވެފައެވެ.

ރުޕޭކާޑު ރާއްޖޭގައި ތައާރަފު ކުރުމާ ބެހޭ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރާއެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހުއެވެ.