ބޮލީވުޑް

ހައުސްފުލް ހަތަރަކަށްފަހު ކްރިތީ އަދި އަކްޝޭ އެކުގައި ބައްޗަން ޕާންޑޭއިން

ކްރިތީ ސާނޮން އަދި އަކްޝޭ ކުމާރު ވަނީ ހައުސްފުލް ހަތަރަކުން އެކީގައި ފެނިގެން ގޮސްފައެވެ. ސުޕަ ހިޓްވި މި ފިލްމަށްފަހު މިދެތަރިން އަނެއްކާވެސް އެކުގައި އެހެން ފިލްމެއް ކުޅުމަށް އެއްބަސްވެއްޖެއެވެ.

ފަރްހާދް ސަމްޖީ ޑައިރެކްޓް ކުރާ ފިލްމު ފިލްމު ބައްޗަން ޕާންޑޭއިން ފުރުސަތު ލިބުމުން ކްރިތީ ހުރީ ވަރަށް އުފަލުންނެވެ.

ކްރިތީ ބުނިގޮތުގައި އަކްޝޭ އަކީ އަބަދުވެސް ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރަން ބޭނުންވާ ތަރިއެއް ކަމަށެވެ. އެހެން ކަމުން އޭނާގެ އެކްޓިން އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު އަކްޝޭއާއެކު ލިބިގެންދާނެ ކަމަށް ކްރިތީ ބުންޏެވެ.

ކްރިތީ އިތުރަށް ބުނި ގޮތުގައި ހައުސްފުލް ހަތަރެއްގެ ޝޫޓިން ތެރޭގައި އަކްޝޭ ވަނީ އޭނާއަށް ޕްރޭންކެއްވެސް ހަދާފައެވެ.

"ޝޫޓް ކުރި ލޮކޭޝަންގައި ބައިވަރު އަސް ހުރި އަދި އަހުގެ ޕޫޕްވެސް ހުރި. އަކްޝޭ އައިސް ބުނީ އޭނާއަށް އަތްބަލަން އެނގޭކަމަށް. އެހެން ބުނެފަ އަހަރެންގެ އަތް ބަލާކަމަށް ހަދާފަ އަތަށްލީ އަހުގެ ޕޫޕް." މަޖާވެލާފަ ކްރިތީ ބުންޏެވެ.

ބައްޗަން ޕާންޑޭގެ ޝޫޓިން އަންނަ އޭޕްރިލް ގައި ފަށާއިރު ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރުގައެވެ.