ރައްޔިތުންގެ މަޖިލިސް

އާއްމުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަންކުރަން ފޮނުވި އަމްރު އާއި ސާވީއަށް ރުހުމެއް ނުދިން

އިބްރާހިމް ޒަކީ

އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ތަމްސީލު ކުރާ މެންބަރަކު ހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ވ. ރޯޝަން ހުސެއިން އަމްރު އާއި ދަފްތަރު ނަމްބަރު 5295 އަހުމަދު ސާވީއަށް ރައްޔިތުންގެ މަޖިލީހުން ރުހުމެއް ނުދިނެވެ.

އާންމުންގެ ފަރާތުން ޖޭއެސްސީގައި ހިމެނި ވަޑައިގެންނެވި މެންބަރުގެ މުއްދަތު ހަމަވުމުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ޖޭއެސްސީން އެ ހަ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވުން އެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުން ޖުޑިޝަރީ ކޮމިޓީއާ ހަވާލު ކުރިއެވެ.

ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅު ރިޕޯޓުގައި ހިމަނާފައިވަނީވެސް ހަމައެކަނި އެ ދެބޭފުޅުންގެ ނަމެވެ.

ކޮމިޓީ ރިޕޯޓުގައި އިސްކަން ދޭން ބުނެފައިވާގޮތަށް މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ހުސެއިން އަމްރުގެ ނަމަށެވެ. ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން އަމްރު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. 60 މެންބަރުން ވޯޓު ދެއްވީ އަމްރު އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށެވެ.

ދެވަނަ ވޯޓަށް ވެސް އެއްސެވި އެވެ. އެވޯޓުގައި ސާވީ އެ މަގާމަށްް އައްޔަންކުރަން ފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވީ ނުފެންނަ ކަމަށެވެ.