ބޮލީވުޑް

"އެވެންޖާސް"ގެ ކެރެކްޓާސް "ޑިސްކޯ ދިވާނޭ" ލަވައަށް ނަށާ ވީޑިއޯއެއް

ކަރަން ޖޯހަރަކީ އޭނާ އުފައްދާ މޮޅެތި ފިލްމުތަކުން އަބަދުވެސް އޯޑިއަންސް މުނިފޫހި ފިލުވައިދޭ ޑައިރެކްޓަރެކެވެ.

މީސް މީޑިއާގައިވެސް އެކްޓިވް ކަރަން މިވަނީ އޭނާ ފޮލޯކުރާ ފޭނުން ހެއްވާލަން މޮޅު ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މި ވީޑިއޯގައި ފެންނަނީ "އެވެންޖާސް" ފިލްމުގެ ކެރެކްޓާސްތަކެވެ. އޭގެ ތެރޭގައި "ޑެޑްޕޫލް"، "ކެޕްޓަން އެމެރިކާ"، "ސްޕައިޑާމޭން"، "އަޔަންމޭން" އަދި "ހަލްކް" ފެނިގެން ދެއެވެ. މި އެންމެން ނަށަމުން ދިޔައީ ކަރަންގެ ފިލްމެއް ކަމަށްވާ "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ލަވައެއް ކަމަށްވާ "ޑިސްކޯ ދިވާނޭ" އަށެވެ.

ކަރަން މިވަގުތު ޑައިރެކްޓް ކުރަމުން އަންނަނީ ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމު "ތަޚްތު" އެވެ. އެ ފިލްމުގައި ރަންވީރު، ކަރީނާ، އާލިޔާ، ވިކީ ކުޝާލް، ބޫމީ، ޖާންވީ އަދި އަނިލް ކަޕޫރު ލީޑް ރޯލުން ފެނިގެން ދެއެވެ.