ޓުއަރިޒަމް

ޓުރަރިޒަމް މިނިސްޓްރީން ގެސްޓްހައުސް އިންސްޕެކްޓް ކުރުމަށް ކައުންސިލްތައް ތަމްރީނު ކުރަނީ

މަރިޔަމް ޝަހުދާ

ގެސްޓްހައުސް އިންސްޕެކްޓް ކުރުމަށް ކައުންސިލްތައް ތަމްރީނު ކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން އިސްނަގައިގެން ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ މި ތަމްރީނު ބައްދަލުވުން ދަރުބާރުގޭގައި ފަށާފައިވަނީ މިއަދުއެވެ. މި ބައްދަލުވުން ފައްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

މި ތަމްރީނު ބައްދަލުވުން މިއަދު ހެނދުނު ފަށާފައިވަނީ 152 ކައުންސިލަރުންނާ އެކު އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖޭގައި 500އަށް ވުރެ ގެސްޓްހައުސް ހިންގައެވެ. މީގެ އިތުރުން ގެސްޓް ހައުސްތަކުގެ އެނދު އިތުރުވެފައިވާ މިންވަރާއި އަޅައި ބަލާއިރު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މީގެ ކުރިން އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.