ބޮލީވުޑް

ޔުނިސެފުންދޭ ހިޔުމެނިޓޭރިއަން އެވޯޑު ޕްރިޔަންކާއަށް ލިބިއްޖެ

ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަކީ ޔުނައިޓެޑް ނޭޝަން ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ ގުޑްވިލް އެމްބެސެޑާ ފޯ ޗައިލްޑް ރައިޓްސްއެވެ.

އެމްބެސެޑަރުގެ މަގާމުގައި ހުރެގެން ޕްރިޔަންކާ ކުރި މަސައްކަތަށް އޭނާއަށް މިވަނީ ހިޔުމެނިޓޭރިއަން އެވޯޑު ލިބިފަ އެވެ. މި އެވޯޑު އޭނާއާ ހަވާލުކުރުން އޮތީ ޔުނިސެފްގެ 15ވަނަ އަހަރީ ސްނޯބޯލް ފްލޭކް ހަފުލާގަ އެވެ.

37 އަހަރުގެ ޕްރިޔަންކާ އެވޯޑާ ހަވާލުވާން ދިޔައީ އޭނާގެ މަންމަ މަދޫ ޗޯޕްރާވެސް ގޮވައިގެންނެވެ.

އެވޯޑާ ހަވާލުވުމަށްފަހު އިންސްޓަގްރާމުގައި ފޮޓޯ ހިއްސާކުރަމުން ޕްރިޔަންކާ ބުނީ ޔުނިސެފްގައި މަސައްކަތްކުރާ މީހުން ކުރާ ބުރަ މަސައްކަތް ފެނިފައި އަންތަރީސްވާ ކަމަށެވެ. ގުޑްވިލް އެމްބެސެޑަރުގެ މަގާމަކީ އޭނާގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު އެއް ފުރުސަތު ކަމަށާއި އެ ފުރުސަތު ދިން ކަމަށްޓަކައި ޔުނިސެފަށް ޝުކުރު އަދާކުރާ ކަމަށެވެ.