އެޓަރނީ ޖެނެރަލް

ސަރުކާރުގެ ފުރަތަމަ އަހަރު، 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފި

މުހައްމަދު ޝަހީމް

ސަރުކާރުގެ ފުރަތަމަ އަހަރުތެރޭގައި 60 ގައިދީއެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައިފި އެވެ.

ކްލެމެންސީ ބޯޑުން މިއަދު ބުނީ 60 ގައިދީއެއްގެ އަދަބު ލުއިކޮށްދިނުމަށް އެބޯޑުން ނިންމުމުން ރައީސް، އެ ގައިދީންގެ އަދަބު ލުއިކޮށްދެއްވާފައިވާ ކަމަށެވެ. އަދި 49 މީހަކަށް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ލަފާ ދީފައިވާނެ ކަމަށެވެ.

އޭޖީ އޮފީހުން މިއަދު ކުރި ޓްވީޓް

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓާނީ ޖެނެރަލެވެ. އެ ގާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.