އިންޑިއާގައި ބާއްވާ އެންމެ ސްޓައިލިޝް އިވެންޓް، ފިލްމުފެއާ ގްލެމާ އެންޑް ސްޓައިލް އެވޯޑްސް މިދިޔަ އަންގާރަ ދުވަހު ވަނީ ބާއްވާފަ އެވެ.
މި ހަފުލާގައި، ބޮޑެތި ތަރިން ކަމުގައިވާ ސައިފް އަލީ ޚާން، އާލިޔާ ބަޓް، ވަރުން ދަވަން އަދި އަނުޝްކާ ޝަރުމާ ފަދަ ތަރިން ވަނީ މިދިޔަ އަހަރު އަހަރު އެމީހުންގެ ފެޝަން ސްޓޭޓްމަންޓްތަކުން އެކި ދާއިރާތަކުން އެވޯޑުތައް ހޯދާފައެވެ.
ރެޑް ކާޕެޓްގައި ތަރިން ވިދާލާފައިވާއިރު ތަފާތު ހެދުންތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެރޭ ވެގެން ގޮސްފައިވަނި އިންޑަސްޓްރީގެ ފެޝަން އައިކޮންސް އަށް ކާމިޔާބު ރެޔަކަށެވެ.
މިފަހަރުގެ ފިލްމުފެއާ ގްލެމާ އެންޑް ސްޓައިލް އެވޯޑްސް ގެ ކެޓަގަރީ ތަކާއި އެވޯޑު ހާސިލް ކުރި ފަރާތްތައް ތިރީގައި އެވަނީއެވެ.
1. ރިސްކް ޓޭކާ އޮފް ދަ އިޔާ: ރާޖް ކުމާރު ރާއޯ
2. އިމާޖިން ފޭސް އޮފް ފެޝަން: އަނަންޔާ ޕަންޑޭ
3. ވުމެން އޮފް ސްޓައިލް އެންޑް ސަބްސްޓެންސް: ދިޔާ މިރްޒާ
4. ފިޓް އެންޑް ފެބިއުލަސް: ކްރިތީ ސަނޮން
5. ހޮޓްސްޓެޕާ އޮފް ދަ އިޔާ (ފީމެއިލް): ކިއާރާ އަދްވާނީ
6. އޭޖޭސް އަހެޑް ހޮޓްސްޓެޕާ އޮފް ދަ އިޔާ (މެއިލް): ކާތިކް އާރްޔަން
7. ދަ ސްޕެޝަލިސްޓް: މަނީޝް މަލޯތުރާ
8. ދިވާ އޮފް ދަ އިޔާ: މަލައިކާ އަރޯރާ
9. ޓްރެއިލް ބްލޭޒާ އޮފް ފެޝަން: ކަރަން ޖޯހަރު
10. މޯސްޓް ސްޓައިލިޝް ސްޓާ (ފީމެއިލް): އާލިޔާ ބަޓް
11. މޯސްޓް ސްޓައިލިޝް ސްޓާ (މެއިލް): އަޔުޝްމަން ކުރާނާ
12. ސްޓައިލް އައިކޮން: ސައިފް އަލީ ޚާން
13. މޯސްޓް ގްލެމެރަސް ސްޓާ (ފީމެއިލް): އަނުޝްކާ ޝަރުމާ
14. މޯސްޓް ގްލެމެރަސް ސްޓާ (މެއިލް): ވަރުން ދަވަން