ބޮލީވުޑް

އުމުރުން 50 އަހަރުގައި 22 އަހަރުގެ މީހަކާ ރައްޓެހިވުން ވާނީ "އޮޑް" ކަމަކަށް: ސޮނާކްޝީ

1

އުމުރުން 50 އަހަރުގައި 22 އަހަރުގެ މީހަކާ ރައްޓެހިވުން ވާނީ "އޮޑް" ކަމަކަށް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.

ފިލްމު ޑަބަންގް ތިނެއްގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ސޮނާކްޝީ ނޫސްވެރިޔަކަށް މިގޮތަށް އިންޓަވިއު ދިނީ ބަތަލު ސަލްމާން ޚާނަށް ނިސްބަތްކޮށެވެ. ފިލްމުގައި ސަލްމާންގެ ބައިވެރިއެއްގެ ގޮތުގައި ސޮނާކްޝީގެ އިތުރުން 21 އަހަރުގެ އާ ބަތަލާއެއް ކަމަށްވާ "ސައީ މަންޖްރޭކަރު" ފެނިގެން ދެއެވެ.

ސޮނާކްޝީގެ އިންޓަވިއުގައި އޭނާ ދެއްކީ ދުވަސްވީ ބަތަލުން ޒުވާން ބަތަލާއިންނާ އެކު ފިލްމުތަކުގައި ފީޗާ ކުރާ ވާހަކައެވެ.

ފިލްމު ތަކުގައި ތަރިންގެ މެދުގައި މިހާރަކަށް އައިސް އުމުރުގެ ތަފާތު ވަރަށް ބޮޑަށް ފެންނަކަން ފާހަގަކޮށް، އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސޮނާކްޝީ ބުނީ "ތިގޮތަށް ސުވާލު ކުރުމުން އަހާލަން ބޭނުންވަނީ މިސާލަކަށް މަދޫރީ ޑިކްސިޓާއެކު އިޝާން ކައްޓަރު ރޮމާންސް ކުރާ މަންޒަރު ބަލަން ބޭނުންވޭބާ؟" ސޮނާކްޝީ އޭނާ އަމިއްލައަށް ކުރި ސުވާލަށް ޖަވާބު ދެމުން ބުނީ އެމަންޒަރު ވާނީ ވަރަށް އޮޑް ކަމަކަށް ކަމަށެވެ.

ދެން ނޫސްވެރިޔާ ކުރި ސުވާލަކީ "ސަލްމާން 21 އަަހަރުގެ އަންހެނަކާ ރޮމާންސް ކުރުން އޮޑް ނުވެފައި މަދޫރީ އާއި އިޝާން އޮޑް ވަނީ ކީއްވެތޯ" އެވެ.

އެއީ ކީއްވެކަން ނޭނގޭ ކަމަށާއި އެގޮތަށް ނުވިސްނާކަމަށް ޖަވާބުގައި ސޮނާކްޝީ ބުންޏެވެ. އަދި އެސުވާލު ކުރަން ޖެހެނީ ސަލްމާނާ ކަމަށްވެސް އޭނާ ބުންޏެވެ.

"ތި ސުވާލު ކުރަން ޖެހޭނީ ސަލްމާނާ ދޯ! ކޮން އެއްޗެއްތޯ އޭނާ ކަނީ ނުވަތަ ކޮން ކަމެއްތޯ އޭނާ ކުރަނީ ޒުވާންކޮށް ހުރުމަށް، އަދި ޒުވާން އަންހެނުންނާ އެކު ފިލްމު ތަކުގައި ރޮމާންސް ކުރަނީ ކީއްވެތޯ؟" ސޮނާކްޝީ ބުންޏެވެ.

އެކަމާ އެއްވެސް ވަރަކަށް ސޮނާކްޝީ ނުވިސްނަނީ ކީއްވެތޯ ނޫސްވެރިޔާ އެހުމުން ސޮނާކްޝީ ބުނީ ފިލްމު ކުޅުމަކީ އޭނާގެ ޖޮބެއް ކަމަށެވެ.

"އަހަރެން ތިކަމާ ނުވިސްނަން. މިއީ ޖޮބެއް ދޯ؟ ސަލްމާން އަށް ހެޓްސް އޮފް މިހާ ދުވަހު މި އިންޑަސްޓްރީގައި އެގޮތަށް ކެރިއާ ބިލްޑް ކުރީމާ. އަދި އެހާ ކޮންފިޑެންސާއެކު މިހާރުވެސް އެގޮތަށް ހުނަރުގެ ބޭނުން ހިފާތީ. އެކަހަލަ ޝަރަފެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އެކަމާ މައްސަލައެއް އުޅޭ ނަމަ ސަލްމާނާ ސީދާ ސުވާލު ކުރުން ރަނގަޅުވާނެ" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ އިތުރަށް ބުނީ އޭނާގެ އުމުރަކީ 50 އަހަރު ކަމުގައި ވާނަމަ 22 އަހަރުގެ ފިރިހެނަކާ އެކު ރޮމާންސް ކުރުންވާނީ އޮޑް ކަމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟