ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު އިމްރާން ހަޝްމީ ގެ ފޭނުންނަށް މިވަނީ އުފާވެރި ހަބަރެއް ލިބިފައެވެ.
އިންޑިއާގެ އެޑިއުކޭޝަން ސިސްޓަމްގައި ހުރި ސްކޭމް ތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް ޗީޓް އިންޑިއާގެ ޓީޒާ މިވަނީ މިހާރު ރިލީޒްކޮށްފައެވެ. މި ފިލްމްގެ ލީޑުން ފެނިގެން ދާނީ އިމްރާން އެވެ.
ފިލްމްގައި އިމްރާން ކުޅެނީ ރާކޭޝް ސިންގް ކިޔާ ވަރަށް ކޮރަޕްޓް މީހެއްގެ ރޯލެވެ. އިންޑިއާގެ އެޑިއުކޭޝަން ސިސްޓަމުގައި ހުންނަ ކޮރަޕްޝަނާއި، ކޮލެޖް ތަކަށް ވަނުމަށް ޖާގަ ހޯދުމަށް ނުވަތަ ރެކޮމެންޑޭޝަން ހޯދުމަށް ލާރި ކާ މިންވަރު މި ފިލްމުން ވަރަށް ބޮޑަށް ހާމަކޮށްލައެވެ.
އިމްރާން އެންމެ ފަހުން ފެނިގެން ގޮސްފައިވާނީ އަޖޭ ދޭވްގަން އާއި އެކީ ކުޅުނު ފިލްމް ބާދްޝާހޯ ގައެވެ.
ޗީޓް އިންޑިއާ ރިލީސް ކުރަނީ 25 ޖެނުއަރީ 2019 ގައެވެ.