ޑޭޓާ އެލަވަންސް އިތުރުކޮށް، ތަފާތު ލޯޔަލްޓީ ފައިދާތަކާއި އިތުރު ފުރިހަމަކަމާއި އެކު އުރީދޫ "އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފިއެވެ.
އުރީދޫން އަލަށް ތައާރަފުކުރި "އެކު" ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޯބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ލިބުން ފަދަ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ތަފާތު ފައިދާތައް ލިބިގެންދާނެ ކަމަށް އެ ކުންފުނީން މައުލޫމާތު ދެއެވެ.
"ރާއްޖޭގެ އެންމެ މަގުބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް މިހާރު މިވަނީ ގެނެވިފައި. ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. "އެކު" ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ހިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިއާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ." ކަމަށް އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރު، ދިޔާނާ އަފީފު ވިދާޅުވިއެވެ.
"އެކު" ޕޯސްޓްޕެއިޑް ޕެކޭޖްތަކާ އެކު ކަސްޓަމަރުންނަށް ލިބޭ ފައިދާތައް:
- ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް
- އޮޕްޓިމައިޒް ކުރެވިފައިވާ ވީޑީއޯ ސްޓްރީމިންގ
- ވައިފައި ކޯލިންގ
- އެޗްޑީ ވޮއިސް މެދުވެރިކޮށް ކުރެވޭ އެންމެ ސާފުކޮށް އަޑު ފޯރުކޮށްދޭ ވޮއިސް ކޯލްތައް
- އީ-ސިމްގެ ހިދުމަތް
- އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމަންޓް ޕްލޭންތައް މެދުވެރިކޮށް
- ތަފާތު އެކި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތައް
"އެކު" ޕޯސްޓްޕެއިޑް 1000 ޕްލޭން އާއި އެޔަށްވުރެ މަތީގެ ޕްލޭންތައް އިހުތިޔާރުކުރައްވާ ކަސްޓަމަރުންނަށް، އިތުރު ފަސޭހަކަމާ އެކު ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާ ކްލަބް ޕްރިމިއާގެ ފައިދާތައްވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ. އޭގެ ތެރޭގައި؛
- ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދެވޭ ލައިފް އިންޝުއަރެންސް
- ދުނިޔޭގެ އެކިކަންކޮޅުތަކުން 1300 އަށްވުރެ ގިނަ އެއަރޕޯޓްތަކުގައިވާ ލައުންޖްތަކުން ހިދުމަތް ހޯދުމަށް ބޭނުންކުރެވޭ ޕްރިއޮރިޓީ ޕާސް
- ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޕާޓްނަރުން ދޭ ހާއްސަ ޑިސްކައުންޓްތައް
- ކްލަބް ޕްރިމިއާ ލައުންޖްގެ ޕްރީމިއަމް ހިދުމަތްތައް
- ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަކުރެވިފައިވާ ހެލްޕްލައިން
- އުރީދޫން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ ހާއްސަ އޮފާތައް
އުރީދޫ 'އެކު' ޕޯސްޓްޕެއިޑްގެ ހިދުމަތްތަކާއި ފައިދާތައް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް އުރީދޫން އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް ore.do/postpaid އަށް ޒިޔާރަތްކުރެއްވުމުން އުރީދޫ ޕޯސްޓްޕެއިޑް ހިދުމަތްތަކާއި ގުޅޭ ތަފްސީލުތައް ލިބިވަޑައިގަންނަވާނެ ކަމަށްވެސް އުރީދޫން މައުލޫމާތު ދެއެވެ.