މުނިފޫހިފިލުވުން

ޔާހޫ: މިދިޔަ 10 އަހަރުގެ އެންމެ ކާމިޔާބު ފިލްމަކީ ޑަންގާލް ދެވަނަ ބަޖްރަންގީ ބައިޖާން

އަހަރު ނިމެން ކައިރި ވެފައިވާ އިރު، ޔާހޫއަށް މިދިޔަ 10 އަހަރު ތެރޭ، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ގިނަ ގޮތްގޮތުން ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެއްވަނަ، ޑަންގާލް އަދި ދެވަނަ ބަޖްރަންގީ ބައިޖާން ހޯދައިފި އެވެ.

ޔާހޫގެ މި ލިސްޓަކީ ވިޔަފާރީގެ ފައިދާގެ އިތުރުން، އެ ފިލްމަކުން މުޖުތަމައަށް ނުފޫޒު ފޯރުވި މިންވަރާއި އެ ފިލްމަށް ލިބުނު މަގުބޫލުކަން ފަދަ އިތުރު ކަންކަމަށް ވެސް ބަލައިގެން ކަނޑައަޅާ ލިސްޓެކެވެ.

މި ލިސްޓުން އެއްވަނަ ހޯދި ފިލްމު ޑަންގާލްގެ އެކްޓަރުގެ ރޯލުން އާމިރް ހާން ފެންނަ އިރު، މި ފިލްމުގެ ވާހަކަ އަކީ، އަމިއްލަ ގައުމަށް ގޯލް މެޑަލެއް ހޯދައިދޭން އަންހެން ދަރިފުޅު ތަމްރީނުކޮށް، އެކަން ހާސިލުކުރާ ގޮތް ދައްކައިދޭ ފިލްމެކެވެ. ގައުމީ ޖޯޝު ހިމެނޭ އެ ފިލްމަކީ އިންޑިއާ މީހުންގެ މެދުގައި ހާއްސަ މަގުބޫލުކަމެއް ލިބިގެން ދިޔަ ފިލްމެކެވެ. މި ފިލްމު ނެރުނީ 2016 ވަނަ އަހަރު އެވެ.

މި ލިސްޓުން ދެވަނަ ލިބުނު ބަޖްރަންގީ ބައިޖާން ގެ އެކްޓަރަކީ ސަލްމާން ހާން އެވެ. މި ފިލްމުގައި ދައްކައިދެނީ އިންޑިއާ ތެރެޔަށް ގެއްލޭ މަންމަނު ކުޑަކުޑަ އަންހެން ކުއްޖަކު އަނބުރާ ގައުމަށް ގެންދާން ސަލްމާން ހާން ކުރާ މަސައްކަތެވެ. މި ފިލްމަކީ ވެސް އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. މި ފިލްމު ނެރުނީ 2015 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ.

މި ލިސްޓުގެ ތިން ވަނައަށް ހޮވިފައި ވަނީ އާމިރް ހާންގެ ޕީކޭ އެވެ.