ބޮލީވުޑް

ތަޚްތު އަށް ޖާންވީ ތައްޔާރު ވާން ފަށައިފި

ފިލްމް ދަޅަކް އިން ބޮލީވުޑަށް ނުކުތް ޖާންވީ ކަޕޫރު، އޭނާ ކުޅެން ހަމަޖެހިފައި އޮތް ދެވަނަ ފިލްމަށް ތައްޔާރު ވަމުން އަންނަ ކަމަށް ބުނެފިއެވެ.

ކަރަން ޖޯހަރުގެ ފިލްމް ތަޚްތް ގައި ޖާންވީގެ އިތުރުން، ކަރީނާ ކަޕޫރު، ރަންވީރު ސިންގް، ވިކީ ކުޝާލް، އަނިލް ކަފޫރު، އަދި ބޫމީ ޕެޑްނޭކަރު ވެސް ފެނިގެންދާނެއެވެ.

ފިލްމަކީ މުގަލް ޒަމާނުގެ ޝާހްޖަހާނަކަށް ނިސްބަތްކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގައި ޖާންވީގެ ރޯލަކީ އަޅު އަންހެން ކުއްޖެއްގެ ރޯލެވެ. ފިލްމުގައި ޝާހްޖަހާންގެ ފުރަތަމަ ދަރި ދާރާ ޝިއްކޮގެ ބައި ކުޅެނީ ރަންވީރު އެވެ. އަދި ކަރީނާ ކުޅެނީ ރަންވީރުގެ ކޮއްކޮ ޖަހަނަރާ ބޭގަމް ގެ ރޯލެވެ.

ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ކޮންމެ ދުވަހަކު ތިން ގަޑިއިރުވަންދެން ރިހާސަލްގެ ގޮތުގައި ތިން ގަޑިއިރުގެ އިންޓެންސް ވޯކްޝޮޕެއް ކުރިއަށް ގެންދެއެވެ. މިތިން ގަޑިއިރުގެ ވަގުތުގައި ޖާންވީ އަށް އުނދަގޫ ކުރުންވެސް އޮންނަނީ މަނާ ކޮށްފައެވެ.

ބޮލީވުޑްގެ ސުޕާ ސްޓާ އަދި ބިއުޓީ ކްއީން ސްރީ ދޭވީގެ ދަރި ޖާންވީގެ މި ޑިސިޕްލީން ގިނަ ބަޔަކަށް ވަރަށް ކަމު ދިޔައެވެ. އެންމެންވެސް ބުނާ ގޮތުގައި ސްރީ ދޭވީ އަކީވެސް މަސައްކަތަށް ފަރުވާތެރި ގަޑިއަށް ކަމޭ ހިތާ ތަރިއެއް ކަމުން އެރަނގަޅު އާދަ ޖާންވީ ހިފަހައްޓަމުން ގެންދަނީ ކަމަށެވެ.