ރީކޯ މޫސާ މަނިކް

ރައީސް ސޯލިހާއި މޯދީ ފައްޓަވާ މަޝްރޫއުތަކަށް ކުރިޔާލައި ރުހުން ނުހޯދައިފި ނަމަ މޯދީ ވެސް ކޮމެޓީއަށް ދަމާފާނެ: މޫސަ

އާނިފާ ހުސެއިން ސިރާޖް

1

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރާ މޯދީ ރާއްޖޭގައި ހަތަރު މަޝްރޫއެއް މިއަދު އިފުތިތާހުކޮށްދެއްވާ އިރު، އޭގެ ކުރީން އެކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީގެ ރުހުން އެބަ އޮތްތޯ ބެލުން މުހިންމު ކަމަށާއި އެހެން ނޫނީ ރައީސް ސޯލިހު ވެސް އަދި އިންޑިއާގެ ޕްރައިމް މިނިސްޓަރު ވެސް ކޮމެޓީއަށް ހާޒިރު ކޮށްފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓަކާ ގުޅިގެން، "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ކަންކަން މިހާރު ހުރި ހިސާބަށް ބަލާ އިރު، ސަރުކާރު ހުއްޓޭ ހިސާބަށް ވެސް ކަންކަން އެބަދާ ކަމަށާއި، ގާނޫނު އަސާސީގެ ރޫހަށް ބަލާ އިރު ތިން ބާރު ވަކިކޮށް ލިޔެފައިވާ ނިޒާމެއްގައި އެކަން މަޖިލީހަށް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ކަންކަން މިދާ މިންވަރުން ބަލާ އިރު، ކޮންމެ ކަމެއް ފެށުމުގެ ކުރީން މަޖިލީހުގެ ރުހުން ފުރަތަމަ ނުހޯދައިފި ނަމަ، އެ މަޝްރޫއެއްގެ ސަލާމަތުން ކުރިޔަށް ގެންދެވޭނެ ޔަގީންކަން އެއްވެސް ފަރާތަކަށް ނެތް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ރައީސް ސޯލިހާ މޯދީއާ ދެބޭފުޅުން ތިޔަ މަޝްރޫއުތައް މިއަދު ފަށާތަނުން މާދަމާ މަޖިލީހުގެ އެސްއޯއީ ކޮމެޓީ ނޫނީ މާލިއްޔަތު ކޮމެޓީން ތިޔަ ކަންކަން ނުހުއްޓުވާނެ ކަމުގެ ޔަގީން ކަމަކީ ކޮބާތޯ؟ އެ ކޮމެޓީތަކުން އަލުން ތިޔަ މައްސަލަ ނުބަލާނެ ކަމުގެ ޔަގީން ކަމަކީ ކޮބައިތޯ؟" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭ ޕްރޮޖެކްޓްތައް ފެށުމުގެ ކުރިން ވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ރުހުން އޮތްތޯ ބަލަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއްގައި އަމިއްލަ ކުންފުންޏަކުން ސޮއިކޮށް މަސައްކަތް ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ރުހުން އޮތްތޯ ބެލުން ވިޔަފާރިވެރިންނަށް މުހިންމު ވެއްޖެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ، މަޖިލީހުން ކަންކަން އެވަރަށް ބަލަނީ މި ސަރުކާރުގައިވެސް ގޯހެއް އުޅޭތީކަމަށް ހީވާ ކަމަށެވެ.

"މި ސަރުކާރުގައިވެސް ގޯހެއް އުޅޭތީ ކަންނޭނގެ މަޖިލީހުން އެވަރަށް އެ ބަލަނީ" ރީކޯ ވިދާޅުވިއެވެ.

މޫސަ މި މޭރުމުން ވާހަކަދެއްކެވި އިރު، ސަރުކާރުގެ ނިންމުން ތަކާއި ދެކޮޅަށް މަޖިލީހުގެ ބައެއް ކޮމެޓީތަކުން ކަންކަން ކުރާ މައްސަލަ އާއި ސަރުކާރު ހިއްސާވާ އަދި ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެޔަށް ވެސް މަޖިލީހުން ވަންނަން ނުޖެހޭ މިންވަރަށް ވަންނަ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟